ބޭންކް އޮފް މޯލްޑިވްސް މީދޫ ބުރާންޗުގައި ބަހައްޓާ އޭ.ޓީ.އެމް މެޝިން މީދޫއަށް ގެނެސްފި
މީދޫގައި އިމާރާތްކޮށް ނިންމާފައިވާ ބޭންކު އޮފް މޯލްޑިވްސް މީދޫ ބުރާންޗުގައި ބެހެއްޓުމަށް އޭ.ޓީ.އެމް މެޝިނެއް މިއަދު މީދޫއަށް ގެނެސްފިއެވެ.   އިމާރާތްކޮށް ނިމިފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ މީދޫ ބުރާންޗު ނުހުޅުވި ލަސްވެފައިވަނީ އޭ.ޓީ.އެމް މެޝިން ނުލިބިގެންކަމަށް މީދޫ ޓައިމްސްއަށްވަނީ މަޢުލޫމާތު ލިބިފައެވެ. އިޢުލާންކުރުމަށްފަހު މުވައްޒަފުންވެސް މިހާރު ނަގާފައިވާ މީދޫ ބުރާންޗަށް މިއަދު އޭޓީއެމް މެޝިން ލިބުމާއިއެކު ވަރަށް އަވަހަށް ބޭންކު ހުޅުވާ އާއްމުންނަށް ހިދުމަތްތައް ދޭން ފަށާނެކަމަށް ބެލެވެއެވެ.   މި ބޭންކު ހުޅުވުމާއިއެކު މީދޫ އާއި މީދޫ ކައިރި ގިނަ ރިޒޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...