ރ. މީދޫ ޕްރީ ސްކޫލް އާ އިމާރާތުގެ ޑީޓެއިލް ޑްރޯވިންގ ސެޓް ބީ.އޯ.ކިޔު އަދި ޓެކްނިކަލް ސްޕެސިފިކޭޝަން ހަދައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މި ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރެއްވުން އޮންނާނީ 2023 ޑިސެމްބަރު 19 އަންގާރަ ދުވަހުގެ 11:00 އޮންލައިންކޮށްކަމަށް ކައުންސިލުންކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ބިޑަށް ކުރިމަތިލެވޭނީ ބިޑަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ވާތީ، 2023 ިސެމްބަރު 19 އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ”ބިޑު ރަޖިސްޓްރީ ފޯމް“ މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ. މި ބިޑުގެ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2023 26 ވާ އަންގާރަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ.

މި ބީލަމަށް މާކުސްދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ އަގަށް 75 އިންސައްތަ، މަސައްކަތަށް ހިނގާ މުއްދަތަށް 15 އިންސައްތަ އަދި ތަޖްރިބާއަށް 10 އިންސައްތައެވެ.

ކައުންސިލްގެ ބެލުމުގެ ދަށުން މީދޫގައި ހިންގަމުން އަންނަ ޕްރީ ސްކޫލްގެ އިމާރާތް ބާވެ، މިހާރު ކިޔަވައިދެމުން ގެންދަނީ އަންހެނުންގެ އިޖުތިމާޢީ މަރުކަޒުގައެވެ.