އެމް.އީ.ސީ ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާރޓްނަރަކަށް މީދޫ ޓައިމްސް!
މީދޫ އެކުވެރި ކުލަބުގެ ފަރާތުން އިންތިޒާމްކޮށްގެން ފެށުމަށް ހަމަޖެހިފައިވާ އެމް.އީ.ސީ ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާރޓްނަރަކަށް މީދޫ ޓައިމްސް ހަމަޖެހިއްޖެއެވެ. މީޑިއާ ޕާރޓްނަރ އެއްބަސްވުމުގައި މީދޫ ޓައިމްސް އައީ މީދޫ އެކުވެރި ކުލަބް ވަނީ ރޭ ސޮއިކޮށްފައެވެ.   މި އެއްބަސްވުމާއިއެކު މުބާރާތުގެ ހުރިހާ މެޗެއްގެ ޙަބަރު އަދި މުބާރާތުގެ ފުރަތަމަ މެޗާއި ސެމީފައިނަލް ދެ މެޗާއި އަދި މުބާރާތުގެ ފައިނަލް މެޗް މީދޫ ޓައިމްސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.   މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ހުކުރު ދުވަހުގެ ރޭ 10:00 ގައެވެ. ގުރޫޕް އޭގެ މި މެޗުގައި ބައްދަލު ކުރާނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ތަންގަނޑު އެފްސީ އަދި މުބާރާތުގައި އަލަށް ވާދަކުރާ ލިންކޭޖް ބްރަދާސްއެވެ. އަދި އެރޭ 23:00 ގައި ބައްދަލުކުރާނީ ރޯވާރސް އެފްސީ އަދި ޓީމް އެޕަލް އެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...