ރ. އަތޮޅު ކައުންސިލުން ބާއްވާ ރ. އަތޮޅު ފުޓްސަލް ޗެލެންޖު ރ. އިންނަމާދޫގައި ބާއްވަން އަތޮޅު ކައުންސިލުން ނިންމާ އެކަން އިޢުލާންކޮށްފިއެވެ.

މިހާރު އިޢުލާންކޮށްފައިވާ ގޮތުން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

މުބާރާތް އިންނަމާދޫގައި ބާއްވަން ނިންމާފައިވަނި އުނގޫފާރުގައި މުބާރާތް ބޭއްވުމަށް އުނގޫފާރު ކައުންސިލުން ދެކޮޅު ހެދުމާއި ގުޅިގެންނެވެ. މިފަހަރުގެ މުބާރާތުގައި 8 ރަށަކުން ވަނީ ބައިވެރިވެފައެވެ.