ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް 16 އިންސައްތަ ދަށަށް!
ކުޑަކުދިންނަށް ކުރާ އެކި ބާވާތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ޖުލައި މަހު ޖެންޑާ މިނިސްޓްރީއަށް ހުށައެޅުނު ނިސްބަތް 16 އިންސައްތައަށް ދަށަށް ހިނގައްޖެއެވެ.   ޖެންޑާ މިނިސްޓްރީގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައިވާއިރު މިދިޔަ މަހު އެ މިނިސްޓްރީއަށްވަނީ ޖުމްލަ 214 މައްސަލައެއް ރިޕޯޓްކޮށްފައެވެ. މިއީ ޖޫން މަހާއި އަޅާ ބަލާއިރު 11 އިންސައްތަ މަދު އަދަދެކެވެ. މީގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ 105 މައްސަލައެއް ހުށައެޅިފައިވާއިރު މިއީ 16 އިންސައްތަ މަދު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.   މިދިޔަ މަހުގެ ތެރޭގައި ހައްޤުތަކުން ކުޑަކުދިން މަޙުރޫމް ކުރުމުގެ 4 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލައަކާއި ބޯހިޔާވަހިކަމުގެ މައްސަލައެއްގެ އިތުރުން ރަޖިސްޓްރީނުކުރުމާއިބެހޭ މައްސަލައެއްވެސް ހުށައަޅާފައިވެއެވެ.   މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 34 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 19 މައްސަލައަކާއި އިހުމާލިވުމުގެ 25 މައްސަލައެއްގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 11 މައްސަލައެއްވެސް ހުށައަޅާފައިވެއެވެ. އެހެން ކުދިންގެ ފަރާތުން ގަނާއާއި ފުރައްސާރައިގެ ޝިކާރަކަށްވުމުގެ 8 މައްސަލައަކާއި ކުޑަކުދިންގެ ވަގު ވިޔަފާރި ކުރުމުގެ 1 މައްސަލަވެސް މިދިޔަ މަހު ހުށައަޅާފައިވެއެވެ.   މިދިޔަ ޖުލައި މަހުގެ ތެރޭގައި އާއިލީ 27 މައްސަލައެއް ހުށައަޅާފައިވެއެވެ. މީގެ އިތުރުން އެކި ވާވަތުގެ ކުށްކުރާ ކުޑަކުދިންގެ 3 މައްސަލައެއް މިދިޔަ މަހު ހުށައަޅާފައިވާއިރު ކުޑަކުދިންގެ އަޚުލާޤާ ގުޅުންހުރި 19 މައްސަލައެއްގެ އިތުރުން ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 35 މައްސަލައެއް ހުށައަޅާފައިވެއެވެ.   ހަމައެއާއިއެކު މިދިޔަ ޖުލައި މަހު ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ  މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 5 މައްސަލަ، ރޭޕްކުރުމުގެ 4 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއި ގުޅޭ ތިން މައްސަލައާއި އިހުމާލުވުމުގެ 2 މައްސަލައިގެ އިތުރުން ބާރާ ނުފޫޒު ފޯރުވުމުގެ 1 މައްސަލަ ހުށައަޅާފައިވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...