އެމް.ޖޭ.އެސް ނެޓްބޯލް ޗެލެންޖް 2019 ފެށިގެން ކުރިއަށްދަނީ.
މީދޫ ޖަމުޢިއްޔަތުއް ޞަލާހުން އިސްނަގައިގެން ބާއްވާ ފުރަތަމަ 'އެމް.ޖޭ.އެސް ނެޓްބޯލް ޗެލެންޖް 2019' ފަށައިފިއެވެ.   މި މުބާރާތުގައި ޖުމްލަ 6 ޓީމް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އޭގައި ހިމެނެނީ މަހީ، ޔުނިކޯންސް އަދި ޑެއިޒީއެވެ. ގްރޫޕް ބީގައި ހިމެނެނީ ހާޓް، ޒިލީ އެސް.ސީ، އަދި ބްލޫސްޓަރއެވެ.   މި މުބާރާތުގައި މިހާތަނަށް 4 މެޗެއް ކުޅެފައިވާއިރު ގްރޫޕް ބީގެ 1 ވަނަ ޓީމުގެ ގޮތުގައި ބްލޫސްޓަރ އަދި 2 ވަނަ ޓީމުގެ ގޮތުގައި ޒިލީވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ގްރޫޕް އޭއިން ސެމީ ފައިނަލަށް ދާ ޓީމުތަށް ކަށަވަރުވާނީ މާދަމާ ކުޅޭ ގްރޫޕް އޭގެ ފަހު މެޗުންނެވެ.   މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ހޯމަ އަދި އަންގާރައިގައެވެ. އަދި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ބަނދަރު ސަރަހައްދުގައި އޮތް ހުސްބިމުގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...