ޕޮލިސް ނޯތު ޑިވިޜަންގެ ކޮމާންޑަރ މީދޫ ކައުންސިލާ ބައްދަލުކުރައްވައިފި،
މިމަހުގެ ކުރީކޮޅު މޯލްޑިވްސް ޕޮލިސް ސާވިސްގެ ނޯތު ޑިވިޜަންގެ ކޮމާންޑަރަކަށް އައްޔަނުކުރެއްވި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް، ރ. މީދޫ ޖަވާހިރުގެ، މުޖުތަބާ އަބްދުއްސައްތާރު، ރ. މީދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.   މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި މީދޫގައި ފުލުހުންގެ ދައުރު އިތުރަށް ފުޅާކުރުމާއި ކުށް މަދު މާހައުލެއްގެ ގޮތުގައި މީދޫ ބޭއްވުމަށް މަސައްކަތްކުރުމާއި މަސްތުވާ ތަކެއްޗާ ދެކޮޅަށް ފިޔަވަޅު އިތުރުކުރުން ހިމެނެއެވެ. އަދި މީގެއިތުރުން އެކިއެކި ދާއިރާތަކުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް މީދޫގައި ހިންގުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.   ރ. މީދޫ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މީދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެލެއްވީ ކައުންސިލުގެ ރައީސް ޙުސައިން ޢަފީފާއި ނައިބު ރައީސް ނާޖިހް ޖަމީލާއި ކައުންސިލް މެމްބަރ ރައްޒާނު ޒަރީރުގެ އިތުރުން ކައުންސިލްގެ ޑިރެކްޓަރ މުހައްމަދު އަލީ އާއި ކައުންސިލްގެ މުނިސިޕަލް އޮފިސަރ މުހައްމަދު ޝަރީފެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޑިވިޜަން ކޮމާންޑަރގެ އިތުރުން ރ . އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދާއި މީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސްޓޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޝުހާދު ސައީދުގެ އިތުރުން އުނގޫފާރު ޕޮލސް ސްޓޭޝަންގެ އިންޗާޖްވެސް ބައިވެރިވެލެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...