ރ. މަޑުއްވަރީ އަދި މީދޫއިން 800 މީހުން ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީ.އެން.ސީ އާއި ގުޅިއްޖެއެވެ.

ޕީ.އެންސީއާއި އަލަށް ގުޅުނު ފަރާތްތަކުގެ ފޯމުތައް އެ ޕާޓީގެ ޗެއާޕާސަން، އަބްދުލްރަޙީމްއާއި ހަވާލުކުރީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ޕީ.ޕީ.އެމް/ޕީ.އެން.ސީ ޓިކެޓަށް ވާދަކުރާނެކަން އިޢުލާންކޮށްފައިވާ އަޙްމަދު ޒާހިރުއެވެ.

ޕީ.އެން.ސީއަކީ ވެރިކަން ކުރާ ޕާޓީއަށް ވުމުން އެ ޕާޓީގެ މެމްބަރު އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ.

މަޑުއްވަރީ ދާއިރާއަކީ މިހާރުވެސް ޕީ.ޕީ.އެމްގެ ގިނަ އަދަދެއްގެ މެމްބަރުން ތިބޭ ދާއިރާއެއްކަން ފާހަގަކޮށްލެވެއެވެ.