ހުރިހާ ރަށެއްގައި ނަރުދަމާ އަޅާފައި ނޫނީ މާލެ ސަރަހައްދުގައި ދެވަނަ ބްރިޖެއް އެޅުމަކީ ލާމަރުކަޒީ ގާނޫނަށް ކުރާ މަލާމާތެއް
އެންމެ ކުޑަމިނުން ރާއްޖޭގައި ހުރިހާ ރަށެއްގައި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށްފަހު ނޫނީ މާލެ ސަރަހައްދުގައި ދެވަނަ ބުރިޖެއް އެޅުމަކީ ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ކުރާނެ މަލާމާތެއްކަމަށް ކިނޮޅަހު ކައުންސިލުގެ ރައީސް އަހުމަދު ހުސައިން ވިދާޅުވެއްޖެއެވެ.   އަހުމަދު ހުސައިން މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ކިނޮޅަހު ކައުންސިލްގެ ރައީސްކަން 3 ވަނަ ދައުރަކަށް ކުރައްވަމުންގެންދަވާ އަހުމަދު ހުސައިން ވިދާޅުވީ ގިނަ ރަށްރަށުގެ ރައްޔިތުން އަދިވެސް ފެންވަރަމުންދަނީ ނަޖިސްފެނުންކަމަށެވެ. އެހެންކަމުން ރައްޔިތުން މިފަދަ ހާލަތެއްގައި ތިއްބާ، އަނެއްކާވެސް މާލެ ސަރަހައްދުގައި ދެވަނަ ބުރިޖެއް އެޅުމަކީ ލާމަރުކަޒީ ޤާނޫަނަށް މިސަރުކާރުން ކުރާނެ މަލާމާތެއްކަމަށް އަހުމަދު ހުސައިންވަނީ ސިފަކުރައްވާފައެވެ.   އަހުމަދު ހުސައިނަކީ މި އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވި ބޭފުޅެކެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...