ރ. މީދޫގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ 1445 މީހުން
މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިގެންވާ 1445 މީހުން މީދޫގެ ރަށްވެހިކަމުގައި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.   އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުގައިވާގޮތުން ރ. މީދޫގެ 1 ނަންބަރު ވޯޓު ފޮއްޓަށް ރ. މީދޫގެ 573 ރައްޔިތަކު ވޯޓުލާނެއެވެ. އަދި ރ. މީދޫގެ 2 ނަންބަރު ވޯޓު ފޮށްޓަށް 580 ރައްޔިތުން ވޯޓުލާނެއެވެ
މި 1153 ރައްޔިތުންގެ އިތުރުން ރާއްޖޭން ބޭރުގައި ބެހެއްޓިފައިވާ 3 ވޯޓުފޮށްޓަކަށް ރ. މީދޫގެ 6 ރައްޔިތަކު ވޯޓުލާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިޔާގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ 2 ރައްޔިތަކާއި ސްރީ ލަންކާގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ 3 ރައްޔިތެއްގެ އިތުރުން މެލޭޝިޔާގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ 1 ރައްޔިތެކެވެ. 
ރ. މީދޫގެ ރަށްވެހިކަމުގައިވާ ރައްޔިތުންގެ ތެރެއިން ރިސޯޓުތަކުގައި ބެހެއްޓިފައިވާ ފޮށިތަކަށް ވޯޓުލުމަށް 33 ރައްޔިތަކު ރަޖިސްޓަރީވެފައިވެއެވެ. އަދި 3 ޖަލުގެ މަތިން ރ. މީދޫގެ 5 ރައްޔިތަކު ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވެއެވެ. އަދި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުން ވޯޓުލާ ފޮށިތަކަށް ޖުމްލަ 17 ރައްޔިތަކު ވޯޓުލާނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފޮށިތަކަށް 36 ރައްޔިތަކު ރަޖިސްޓަރީކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ. 
އަދި މާލޭގައި ބެހެއްޓިފައިހުންނަ ވޯޓުފޮށްޓަށް ވޯޓުލުމަށް ރ. މީދޫގެ 194 ރައްޔިތަކު ރަޖިސްޓަރީވެފައިވެއެވެ.           
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...