މިއަހަރުގެ ތެރޭގައި މީދޫ އަދި މަޑުއްވަރީގައި އައުޓްޑޯ ޖިމެއް ޤާއިމްކުރަނީ
މިއަހަރުގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ ދެ ރަށްކަމުގައިވާ މަޑުއްވަރީ އަދި މީދޫގައި އައުޓްޑޯ ޖިމެއް ޤާއިމްކުރަން ސަރުކާރުން ނިންމަވައިފިއެވެ.   ޔޫތް މިނިސްޓްރީން ކުރިއަށް ގެންދާ މި ޕްރޮގުރާމާއި ގުޅޭ ގޮތުން އެ މިނިސްޓްރީން މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކަސްރަތުކުރެވޭނެ ނިޒާމް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޤާއިމްކޮށްދެއްވާނެކަމަށް ރައީސް ސޯލިޙް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމުގެ ގޮތުން މިއަހަރު 61 ރަށުގައި އައުޓްޑޯ ޖިމް ޤާއިމްކުރެވިގެންދާނެކަމަށެވެ.   މި ޕްރޮގުރާމަކީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާ ކުރުމުގެ މަޤުސަދުގައި ހިންގާ މަޝްރޫޢެއްކަމަށާއި މި މަޝްރޫޢު ކުރިއަށްދާނީ ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް އާބާދީގެ ކުޑަބޮޑުމިނެއް ބެލުމެއްނެތި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށްކަމަށްވެސް ޔޫތު މިނިސްޓްރީން މަޢުލޫމާތުދެއްވިއެވެ.   މި މަޝްރޫޢު މީދޫ އަދި މަޑުއްވަރީގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ 68*68 ފޫޓުގެ ބިމެއް ކަނޑައަޅާ ޔޫތު މިނިސްޓްރީގެ ނަމަށް އެ ބިން ރަޖިސްޓްރީ ކުރުމަށްފަހު 29 އޯގަސްޓް 2019 ގެ ކުރިން ޔޫތް މިނިސްޓްރީއަށް އަންގަވައިދިނުމަށް އެދި އެ މިނިސްޓްރީންވަނީ މިހާރު ދެ ރަށުގެ ކައުންސިލަށްވެސް ސިޓީ ފޮނުވާފައެވެ.   މިއަހަރު ކުރިއަށް ގެންދާ 61 މަޝްރޫޢުއަކީ އިންޑިޔާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...