ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިޔަން ތަންގަނޑު އެފްސީއާ ދެކޮޅަށް ލިންކޭޖް ބްރަދާސް
އެމްއީސީ ފުޓްސަލް ފިއެސްތާ 2019ގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ.    މިރޭ 9:00ގައި މީދޫ އެކުވެރި ކުލަބުގެ ހޯލުގައި ކުރިއަށްދިޔަ ގުރުއަތުލުމުގައި ޓީމްތައް ތަރުތީބުކޮށްދެއްވީ މީދޫ ޕޮލިސް ސްޓޭޝަންގެ ސްޓޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޝުހާދު ސައީދުގެ އިތުރުން މީދޫ އެކުވެރި ކުލަބުގެ ރައީސް މުހައްމަދު ސަޢީދެވެ.   މިއީ އެކުވެރި ކުލަބުން ބާއްވާ ދެވަނަ ފުޓްސަލް ފިއެސްތާއެވެ. މިދިޔަ އަހަރު ބޭއްވި ފުޓްސަލް ފިއެސްތާގެ ޗެމްޕިޔަން ތަންގަނޑު އެފްސީއާއެކު ގްރޫޕް އޭގައި ދެން ހިމެނެނީ ލިންކޭޖް ބްރަދާސްއާއި ޓީމް އެޕަލް، ރޯވާސް އެފްސީ އަދި ޖޯލި މޯލްޑިވްސްއެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޑަފުށި، ބުންވަރު އެފްސީ، އެފްސީ އައިވެންޓަސް އަދި ހަވާސް ސްޕޯޓްސް ކްލަބެވެ.    މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ 30 ވާ ހުކުރު ދުވަހުގެ ރޭ 22:00 ގައި ބައްދަލުކުރާނީ ތަންގަނޑު އެފްސީ އާއި ލިންކޭޖް ބްރަދާސްއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...