ރާއްޖޭގައި ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމާމެދު މަޝްވަރާކޮށްފި
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ތައާރަފްކުރުމާމެދު ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަޝްވަރާކުރައްވައިފިއެވެ.    ރޭ އެފްއޭއެމް ހައުސްގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފުޓުބޯޅަ މިހާރު އޮތް ހާލަތަށްވުރެ ރަނގަޅުކުރުމާމެދު މަޝްވަރާކުރެވުނުކަމަށް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑު  މިހާރު އޮތް ހާލަތާގުޅޭގޮތުންެވެސް ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް މައުލޫމާތުލިބެއެވެ.    އެހެންނަމަވެސް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު ގައުމީ ޓީމަށް ނުނަގާ ސަބަބާގުޅޭގޮތުން މަޝްވަރާކުރެއްވިކަމެއް މިނިސްޓަރވެސް އަދި އެފްއޭއެމްގެ ރައީސްވެސް ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް މިނިސްޓަރ މަހުލޫފު ކުރިން ވިދާޅުވެފައިވަނީ އަޝްފާޤު ގައުމީ ޓީމުގައި ހިިމެނެން ޖެހޭނެކަމަށް އެމިަނިކުފާނު ގަބޫލުކުރައްވާކަމަށާއި އެއީ އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅުކަމަށެވެ. އަދި ދިވެހި ސަޕޯޓަރުންގެ އެދުން އެފްއޭއެމްއާ ހިއްސާކުރައްވާނެކަމަށްވެސް މިނިސްޓަރ މަހުލޫފު ވިދާޅުވެފައިވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...