މުޅި ރ. އަތޮޅުގެ ރައްޔިތުން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައިކަމަށް އިނގުރައިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެެއެވެ.

ފަލާހު މިހެން ވިދާޅުވުފައިވަނީ ޕީ.ޕީ.އެމް ދޫކުރައްވާ ޕީ.އެން.ސީއަށް ސޮއި ކުރެއްވުމަށްފަހު، އެ ޕާޓީގެ ޗެއާޕާސަން އަބްދުލްރަޙީމްއާއި ފޯމު ހަވާލުކުރެއްވުމަށް ފަހުގައެވެ. ފަލާޙު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަން ދިފާއުކުރަން މޭ އައްޑަނައަކަށް ހަދާނެކަމަށާއި، ސިޔަސީ ގޮތުންނާއި ހުރިހާ ގޮތަކުންވެސް ރައީސް މުޢިއްޒުގެ ސަރުކާރު ދިފާޢު ކުރުމުގައި ވަފާތެރިކަންމަތީ ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ފަލާޙު ޕީ.އެން.ސީއަށް ސޮއި ކުރެއްވިއިރު އޭނާ އަންނަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.