ޕޮލިސް ނޯތު ޑިވިޝަންގެ ކޮމާންޑަރަކަށް މީދޫ ބޭފުޅެއް
މޯލްޑިވްސް ޕޮލިސް ސާވިސްގެ ނޯތު ޑިވިޝަންގެ ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، ރ. މީދޫ ޖަވާހިރުގެ މުޖުތަބާ ޢަބްދުއްސައްތާރު ހަމަޖައްސައިފިއެވެ.   މޯލްޑިވްސް ޕޮލިސް ސާވިސްގެ ނޯތު ޑިވިޝަންގައި ހިމެނެނީ ރ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅެވެ. މި ޑިވިޝަންގެ ހެޑް އޮފީސް ހުންނަނީ ބ. އޭދަފުށީގައެވެ.    މުޖުތަބާ އެންމެ ފަހުން ހުންނެވީ ޕޮލިސް މެޑިކަލް ސާވިސަސް ގެ މެޑިކަލް ހެޑުގެ މަޤާމުގައެވެ.     
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...