إن شاء الله‎ މީދޫގައި މިފަހަރުވެސް އީދު ނަމާދުކުރުން ބޮޑު ޖަމާއަތުގައި
ރ. މީދޫގައި މިފަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެކަމަށް މީދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.   މީދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައިވާގޮތުން މިފަހަރުވެސް މީދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ ކުރިން ފަހަރުތަކެކޭވެސް އެއްގޮތަށް މީދޫ ފުޓްސަލް ދަނޑުގައިކަމަށެވެ.    މައިދާނުގެ އިތުރުން މަސްޖިދުލް ޛިންްނޫރައިނިގައިވެސް އީދު ނަމާދުކުރުން އޮންނާނެކަމަށްވެސް ކައުންސިލުން އިއުލާނުކޮށްފައިވެއެވެ.މީގެއިތުރުން މޫސުން ގޯސްވެ، މައިދާނުގައި އީދު ނަމާދުނުކުރެވޭ ހާލަތެއް ދިމާވެއްޖެނަމަ މައިދާނުގެ ބަދަލުގައި އީދު ނަމާދުކުރުން އޮންނާނީ މަސްޖިދުލް އައްވާބީންގައިކަމަށްވެސް އެ އިއުލާނުގައިވެއެވެ.    މިހާރު ހިނގަމުންމިދާ ކައުންސިލް ހުވާ ކުރުމަށްފަހު، ފުރަތަމަ އީދު ނަމާދު ފިޔަވައި ހުރިހާ އީދު ނަމާދެއްވެސް މޫސުން ތަންދޭނަމަ މީދޫގައި މައިދާނުގައި ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.       
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...