ސްކޫލު ކުދިންތަކެއް ނުކުމެ އަތިރިމަތި ސާފުކޮށްފި
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ނުކުމެ މީދޫގެ އަތިރިމަތީގެ ސަރަހައްދެއް ސާފުކޮށްފިއެވެ.   އިއްޔެ ހެނދުނު 7 ޖަހާއިރު ފެށި މަސައްކަތް ނިންމާލެވުނީ 11 ޖަހާއިރުކަމަށް މިކުދިންގެ ފަރާތުން މީދޫ ޓައިމްސްއަށް މައުލޫމާތުދިން ދަރިވަރު މައުލޫމާތުދިނެވެ. އަދި އެއްކުރި ކުނިތައް އުކާލާ ނިންމާލެވުނުއިރު މެންދުރު ފަހު 2:30ގައިކަމަށްވެސް އެދަރިވަރު މައުލޫމާތުދިނެވެ. 
މިސަރަހައްދު ސާފުކުރުމުގެ ހިޔާލަކީ 2 ދަރިވަރެއްގެ މެދުގައި އުފެދުނު ހިޔާލެއްކަމަށާއި އެއަށްފަހު އެކުގައި އުޅޭ ކުދިންތަކަކަށް މި ހިޔާލުދީ އެކަމަށް އެއްބަސްވެވިގެން ސާފުކުރަންފެށީކަމަށްވެސް އެކުދިން މައުލޫމާތުދިނެވެ.    މިމަސައްކަތް ނިންމާލުމުގައި މީދޫ ކައުންސިލް މެމްބަރ ރައްޒާން ޒަރީރުގެ ފަރާތުންނާއި ސާފުކުރުމުގައި ބައިވެރިވި ގްރޭޑް 10،11 އަދި 12ގެ ދަރިވަރުންނަށްވެސް ޝުކުރު އަދާކުރާކަމަށް އެކުދިން ބުންޏެވެ.   ރ. މީދޫގެ ޒުވާނުންގެ ތެރޭގައި މިފަދަ އާދަތައް އަށަގަންނަމުން އަންނަކަމީ އަދުގެ ޒުވާން ޖީލު ތިމާވެއްޓާމެދު ހޭލުންތެރިވެފައިވާކަން ދޭހަވާކަމެއްކަން މިކަމުން ހާމަވެއެވެ. އެގޮތުން މަޝްހޫރު 'އެމް.ކޮކޯ' ބީޗަކީވެސް ޒުވާން ގުރޫޕެއްގެ އިސްނެގުމާއެކު ސާފުކޮށް ބަލަހައްޓާ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.         
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...