އަޟްޙާ ޢީދު ބަންދުގައި މީދޫ ސިއްހީ މަރުކަޒުން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
އަޟްޙާ ޢީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި މީދޫ ސިއްހީ މަރުކަޒުން ހިދުމަތްދޭ ގަޑިތައް އާންމިކޮށްފިއެވެ.   އެ މަރުކަޒުން މިއަދު ކޮށްފައިވާ އިއުލާނެއްގައިވާގޮތުން އޮގަސްޓު މަހުގެ 12،15، އަދި 17 ވަނަ ދުވަހު އޯޕީޑީގެ ހިދުމަތް ދޭނީ ހެނދުނު 8:00އިން ހަވީރު 4:00އަށެވެ.އަދި އޮގަސްޓު މަހުގެ 10،11،13،14 އަދި 16 ވަނަ ދުވަހު އޯޕީޑީގެ ހިދުމަތް ދޭނީ ރޭގަނޑު 8:00އިން 10:00އަށެވެ.   މީގެ އިތުރުން ޕަބްލިކު ހެލްތު ޔުނިޓުން ދޭ ހިދުމަތްތައްކަމަށްވާ ކުދިން ކިރުމުގެ ހިދުމަތާއި ވެކްސިން ދިނުމުގެ ހިދުމަތްދޭ ގަޑިތަކަށްވެސް ބަދަލެއް އައިސްފައިވެއެވެ. އެގޮތުން ކުދިން ކިރުމަށް ހަމަޖެހިފައިވަނީ 13 އޮގަަސްޓުވާ އަންގާރަ ދުވަހުގެ 10:00 އިން 12:00އަށެވެ. އަދި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 15 އޮގަސްޓުވާ ބުރާސްފަތި ދުވަހުގެ 10:00އިން 12:30އަށްކަމަށްވެސް މީދޫ ސިއްހީ މަރުކަޒުގެ އިިއުލާނުގައިވެއެވެ.   އެހެންކަމުން މީދޫ ސިއްހީ މަރުކަޒުން ހިދުމަތް ހޯއްދަވާ ފަރާތްތަކުން މި ގަޑިތަކަށް ސަމާލުކަންދެއްވުމަށް އެމަރުކަޒުން އެދިލައްވައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...