ރ. މީދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި މީދޫ ޕޮލިސް ސްޓޭޝަނުން އަތުލައިގެންފި
ރ. މީދޫ ޕޮލިސް ސްޓޭޝަނާއި ފުލުުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ދެއޮޕަރޭޝަނެއްގައި ، މީދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ .   މާލެއިން ފުރައިގެން މީދުއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހެނދުނު ހިންގި މިއޮޕަރޭޝަންގައި، މީދުއަށް އައި އެބޯޓު ބަލައިފާސްކުރިއިރު، އެބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ޕޮލިސް މީޑިޔާއިން މައުލޫމާތުދެއްވައެވެ.
މީގެ އިތުރުން ޖުލައިމަހުގެ 30 ވަނަ ދުވަހުވެސް މާލެއިން ފުރައިގެން މީދުއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އެބޯޓު ބަލައިފާސްކުރި އިރު އެބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި އޮތް ބެޓަރީ ހޯވަރބޯޑެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި ދެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ދެ މައްސަލަވެސް މީދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންކަމަށް މީދޫ ޓައިމްސްއަށް މައުލޫމާތުލިބެއެވެ.
ކިޔުންތެރިންގެ ހިޔާލް

2019-08-06 18:03:19
Moya
Mi dhen kihaa dheravejje kameh. Mi kan kuri faraatheh hayyaru koggen neih vaakasheh dheneh. muzaahara ves kuran vejje
އެންމެ މަގުބޫލު: 7 ދުވަސް

...