ހަވާސް އެސްސީގެ މައްޗަށް 2-0 އިން ކުރިހޯދާ ތަންގަނޑު އެފްސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ތަންގަނޑު އެފްސީގެ އަލީ ޝިޔާހްއެވެ. ތަންގަނޑު ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަޙްމަދު ހުސައިންއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތަންގަނޑު އެފްސީގެ އަޙްމަދު ހުސައިންނެވެ.

ފައިނަލް މެޗަށްފަހުވަނީ މުބާރާތުގެ އެކި ވަނަވަނައަށްދިޔަ ކުޅުންތެރިން ހޮވާފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަވާސްގެ ނާޖިހު މުޙައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:

އަހުނަފް އަޙްމަދު – ތަންގަނޑު އެފްސީ

އަޙްމަދު ހުސައިން – ތަންގަނޑު އެފްސީ

ނާޖިހު މުޙައްމަދު – ހަވާސް އެސްސީ

ހުސައިން ޝާހީން – ޒެފްރޯސް

މުޙައްމަދު އިޝާމް – ޒެފްރޯސް

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ލިންކޭޖް ބްރަދާސްއެވެ.

މުބާރާތުގެ ޔަންގް ބެސްޓު ޕްލޭޔާއަކަށް ހޮވިފައިވަނީ ގާގަނޑު އެފްސީގެ ނާހިލް ނާފިއުއެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ހޮވިފައިވަނީ ތަންގަނޑު އެފްސީގެ އަޙްމަދު ހުސައިންއެވެ.

މިއަހަރުގެ މުބާރާތް އިންތިޒާމްކުރީ މީދޫ ކައުންސިލާއި މީދޫ ޖަމްޢިއްޔަތުއް ޞަލާހު ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.