ރ. މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވާއިރު، އޮޕަރޭޝަން ތިއޭޓަރަކާއި ޚާއްސަ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ
ރ. މީދޫ ސިއްހީ މަރުކަޒުގެ ހޮސްޕިޓަލަކަށް ބަދަލުވެގެން އަންނައިރު އޮޕަރޭޝަން ތިއޭޓަރަކާއި ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.     މިނިސްޓަރ އަމީން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވުމުން ލިބޭނީ ކޮން ފެންވަރެއްގެ ހިދުމަތްތަކެއްތޯ މެމްބަރު ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީހޮސްޕިޓަލަކުން ލިބޭނެ ހުރިހާ ހިދުމަތެއްވެސް މީދޫ ހޮސްޕިޓަލުން ލިބޭނެކަމަށާއި ތަނުގެ ހިދުމަތްތައް ތަރުތީބުވެފައިވާގޮތް ދަންނަވަން އެނގޭނީ ބީއޯކިޔު ހަދާނިމުމުންކަމުގައެވެ. މީގެއިތުރަށް މިނިސްތަރ ވިދާޅުވީ ހޮސްޕިޓަލެއްގައި އާންމުގޮތެއްގައި އޮޕަރޭޝަން ތިއޭޓަރަކާއި ހާއްސަ ޑޮކްޓަރުންގެ ހިދުމަތްލިބެންހުންނާނެކަމަށެވެ.   މިއަދުގެ ޖަލްސާގައި މެމްބަރު އާދަމް ޝަރީފުކުރެއްވި ސުވާލަކީ މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރުގޮސްފައިވާ ހިސާބާއި ބެހޭގޮތުންނާއި އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ސެކިއުއާރ ކުރެވިފައިވޭތޯއާއި ހޮސްޕިޓަލަކަށް ބަދަލުކޮށް ހިދުމަތްދޭން ފެށޭނީ ކޮން އަހަރުކުތޯއެވެ.   މިސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރ އަމީން ވިދާޅުވީ މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރަހަންޖެހޭ ކުރެހުން އިވަލުއޭޓުކޮށްނިމި ބަޔަކާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްމިހާރުކުރިއަށްދަނީ ކަމަށެވެ. މީގެއިތުރުން މިކަމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 4 މިލިޔަން ރުފިޔާކަމަށާއި މި އަހަރު އެމަސައްކަތް ފެށިއްޖެނަމަ އެ އަދަދަކީ މިއަހަރަށް އެކަށީގެންވާ އަދަދެއްކަމަށް ގަބޫލުކުރެވޭކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.   މިނިސްޓަރ އަމީން ވިދާޅުވީ މި ޕްރޮޖެކްޓަށް ހަރަދުވާނެ ޖުމްލަ އަދަދު އެނގޭނީ ބީއޯކިޔު އަދާނިމުމުންކަމަށެވެ. އެހެންނަމަވެސް މިެވެލްގެ ހޮސްޕިޓަލަކަށް 80 ވަރަކަށް މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެއްވޭކަމަށްވެސް މިނސްޓަރ ވިދާޅުވިއެވެ. އަދި މަސައްކަތް ހަވާލުކުރެވޭތާ 18 މަސްދުވަހުގެ ތެރޭގައި މިވަރުގެ ޕްރޮޖެކްޓެއް ނިންމާ ހިދުމަތްދެވޭވަރު ވާނެކަމަށް ލަފާކުރެއްވޭކަމަށްވެސް މިނސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލް

2019-08-05 08:11:29
މަސްއޫދު
ޔަގީންކަމެއް ނެތްގޮތަށް ތީ ވާނެވަރު
އެންމެ މަގުބޫލު: 7 ދުވަސް

...