ޖުލައި މަހު ބާއްވަން ޖެހޭ ރައްޔިތުންގެ ބައްދަލުވުން މީދޫ ކައުންސިލުން ބާއްވައިފި
ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ ތެރޭގައި ކައުންސިލްތަކުން ބާއްވަން ޖެހޭ ރައްޔިތުންގެ އާއްމު ބައްދަލުވުން މީދޫ ކައުންސިލުން ރޭ ބާއްވައިފިއެވެ.   މި ބައްދަލުވުން ބާއްވާފައިވަނީ އަންހެނުންގެ އިޖުތިމާޢީ މަރުކަޒުގެ ހޯލްގައެވެ. ރޭގެ ބައްދަލުވުމުގައިވެސް ބައިވެރިވެފައިވަނީ މަދުއަދަދެއްގެ އާއްމު ރައްޔިތުންތަކެއްކަން ފާހަގަކޮށްލެވެއެވެ. ރޭގެ މި ބައްދަލުވުމުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި މާލީ ބަޔާނުގެ ޙުލާސާއަކާއި މީދޫގެ ތަރައްޤީގެ ޕްލޭންގެ އިތުރުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ކައުންސިލްގެ ބަޖެޓުވެސް ރައްޔިތުންނާއި ހިއްސާކޮށްފައިވެއެވެ.   މީގެ އިތުރުން މިއަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ކައުންސިލުން ފޮނުވާފައިވާ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓުތަކުގެ މަޢުލޫމާތުވެސް ކައުންސިލުންވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ޖުމްލަ 14 ޕްރޮޖެކްޓެއް ފޮނުވާފައިވާނެކަމަށް ކައުންސިލުންވަނީ މަޢުލޫމާތުދެއްވާފައެވެ.    
ބައްދަލުވުމުގައި ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ހުޅުވާލި | ފޮޓޯ: މީދޫ ޓައިމްސް
ކައުންސިލްގެ ބައްދަލުވުމުގައި އާއްމު ރައްޔިތުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާ ރައްޔިތުންގެ ސުވާލުތަކަށް ކައުންސިލުން ވަރަށް ފުރިހަމައަށް ޖަވާބުދާރީވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...