40 އަހަރުތެރޭ ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ފެހެންދޫއަށް!
1979 ވަނަ އަހަރު އޭރުގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ބ. ފެހެންދޫއަށް ވަޑައިގެންފަހުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ފެހެންދޫއަށް ވަޑައިގެންފިއެވެ.   ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވަނީ މިއަދުގެ ވަގުތެއްގައި ބ. ފެހެންދޫއަށް ވަޑައިގެންފައެވެ. މިއަދު ފެހެންދޫއަށް ވަޑައިގެން ރައީސް ސޯލިހުވަނީ ފެހެންދޫގެ ކައުންސިލްގެ ބޭފުޅުންނާއި އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ އެ ރަށުގެ ހާލަތު ގާތުން ބައްލަވާފައެވެ.   ފެހެންދޫއަކީ 150 ވަރަކަށް މީހުން ދިރިއުޅެމުންދާ ރަށެކެވެ. އާބަދީ ކުޑަވުމުގެ ސަބަބުން އެ ރަށުގެ ސްކޫލް ބަންދުކޮށް ފެހެންދޫގެ ކުދިން ކިޔެވުމަށްވެސް ދަނީ އެ އަތޮޅު ގޮއިދޫ ސްކޫލަށްކަން ފާހަގަކޮށްލެވެއެވެ.   ރައީސް ސޯލިހު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ބ. އަތޮޅުގެ ސިއްޙީ މަރުކަޒަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...