ލިޓަސް މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ފައިނަލް މެޗު މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފައިނަލްގައި ބައްދަލު ކުރާނީ ހަވާސް އެސްސީ އަދި ތަންގަނޑު އެފްސީއެވެ.

ހަވާސް އެސްސީއަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ހަވާސް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ގާގަނޑު އެފްސީ ބަލިކުރުމަށްފަހުއެވެ. އަދި ހަވާސް ވަނީ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.

ތަންގަނޑު އެފްސީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ޒެފްރޯސްގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދުމަށްފަހުއެވެ. ތަންގަނޑު އެފްސީވެސްވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ މުބާރާތް އިންތިޒާމްކުރަނީ މީދޫ ކައުންސިލާއި މީދޫ ޖަމްޢިއްޔަތުއް ޞަލާހު ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.