އިވެލުއޭޝަން ނިމިއްޖެ، މީދޫ ހޮސްޕިޓަލް ޑިޒައިންކުރަން ވަރަށް އަވަހަށް ހަވާލުކުރެވޭނެ!
މީދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ހަދަން ޖެހޭ ޑިޒައިންއާއި ބީ.އޯ.ކިއު ހެދުމަށް ކުރިމަތިލީ ފަރާތްތަކުގެ އިވެލިއޭޝަން ނިމިއްޖެކަމަށާއި ދެން އޮތީ މަސައްކަތް ހަވާލު ކުރާނެ ދުވަހެއް ފައިނަލްކޮށް މަސައްކަތް ހަވާލުކުރުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.  
ހެލްތް މިނިސްޓްރީން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭ ގޮތުން މީދޫ ޓައިމްސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މީދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހަދަން ޖެހޭ ޑިޒައިނިންއާއި ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. މީދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ރައީސް ސޯލިހުގެ ކެމްޕެއިން ދުވަސްވަރު ވެ ވަޑައިގެންނެވި ވަޢުދެެކެވެ.   ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހަދަން ޖެހޭ ޑިޒައިނިންގ ހެދުމަށް ބަދަލުކުރުމަށް ޢިޢުލާންކުރިތާ ގިނަ ދުވަސްތަކެއް ވީއިރުވެސް ބަޔަކާ ހަވާލުު ކުރެވިފައިނުވާތީ ހެލްތް މިނިސްޓަރު މުޙައްމަދު އަމީން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެއްވުމަށް މި ދާއިރާގެ މެމްބަރު އާދަމް ޝަރީފްވަނީ މަޖިލީހަށް މައްސަލަ ވައްދާފައެވެ. އަދި މިނިސްޓަރު އަމީނަށް މިހާރުވަނީ މަޖިލީހަށް ހާޒިރުވުމަށް ނޯޓިސްވެސް ފޮނުވާފައެވެ.   މީދޫ ސިއްޙީ މަރުކަޒަކީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކަށް ޙިދުމަތް ދެމުން އަންނަ ސިއްޙީ މަރުކަޒަކެވެ. އެގޮތުން މީދޫ ވަށައިގެންވާ ހުރިހާ ރިޒޯޓަކުންވެސް ގެސްޓުންނާއި މުވައްޒަފުންވެސް ފަރުވާއަށް އެންމެ ފުރަތަމަ ގެންނަނީ މީދޫ ސިއްޙީ މަރުކަޒަށްކަން ފާހަގަކޮށްލެވެއެވެ.   އެހެންނަމަވެސް އެކަށީގެންވާ ފަރުވާ ދެވެން ނެތުމާއިއެކު ސީރިއަސް މައްސަަލައެއްނަމަ އަބަދުވެސް ފޮނުވާލަން ޖެހެނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. އެހެންކަމުން މީދޫއަށް ހޮސްޕިޓަލެއްގެ ބޭނުންވަނީ ވަރަށް ބޮޑަށް ޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...