ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރ. އަތޮޅު ޤުރުއާން މުބާރާތުގައި ރ. މީދޫ ތަމްސީލް ކުރާނެ ބައިވެރިން ހޮވުމަށް އޮޑިޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.

ރ. މީދޫ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ކުދިން ހޮވުމަށް ބާއްވާ އޮޑިޝަން މި މަހުގެ23 އަދި24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އޮޑިޝަންގައި ބައިވެރިވެވޭނީ ރ. އަތޮޅު އަތޮޅު ތަޢުލީީމީ މަރުކަޒުގެ ދަރިވަރުންނަށެވެ.

އޮޑިޝަންގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުން މި މަހުގެ20 ވަނަ ދުވަހުގެ ކުރިން ތަޢުލީމީ މަރުކަޒުގެ ލައިބްރަރީގައި ނަންނޯޓު ކުރުމަށް ކައުންސިލުން އެދިފައިވެއެވެ.

އަތޮޅުގެ ރަށްތަކަށް ވަރަށް ބޮޑަށް ތައްޔާރުވާ، ރ. އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މެދުކެނޑުމަކަށްފަހުގައެވެ.