ސަޢޫދީ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު ބެހުން މީދޫ ކައުންސިލުގައި ކުރިއަށްދަނީ
ދިވެހި ރައްޔިތުންނަށް ބެއްސެވުމަށްޓަކައި ސަޢުދީ ސަރުކާރުން ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން ރ. މީދޫގެ ރައްޔިތުންނަށް ބެހުމަށްޓަކައި ދިވެހި ސަރުކާރުން ފޮނުއްވާފައިވާ ކަދުރު ބެހުން މީދޫ ކައުންސިލް އިދާރާއިން ބަހަން ފަށައިފިއެވެ. 
އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައިވާގޮތުން ކަދުރުބެހުން ކުރިއަށްދާނީ މި ޖުލައި މަހުގެ 19 އިން 31 އަށް ސަރުކާރު ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:00 އަށެވެ. ކޮންމެ ގޭބިސީއަކުން އެއްބޭފުޅަކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ކައުންސިލް އިދާރާއަށް ދުރުވުމުން ކަދުރު ލިބިލއްވާނެކަމަށް އެކައުންސިލުން ހާމަކުރައްވައެވެ.
މީގެކުރީއަހަރުތަކުގައިވެސް ސަޢުދީ ސަރުކާރުންވަނީ ބަރަކާތއްތެރި ރަމަޟާންމަހާއި ދިމާކޮށް ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ކަދުރު ފޯރުކޮށްދެއްވާފައެވެ. އެހެންނަމަވެސް މިފަހަރުގެ ރަމަޟާންމަހު ކަދުރު ލިބިފައެއްނުވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...