މީދޫ ކައުންސިލުން މިރޭ ރައްޔިތުންނާއި ބައްދަލުކުރަނީ
ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށު ކައުންސިލްތަކުން ބޭއްވުމަށް ލާޒިމު ކުރާ ޖުލައި މަހުގެ ރައްޔިތުންގެ އާއްމު ބައްދަލުވުން މިރޭ މީދޫ ކައުންސިލުން ބާއްވާނެއެވެ.   މި ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި ކައުންސިލްގެ ބަޖެޓު ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޙިޔާލުހޯދާނެކަމަށް ކައުންސިލުންކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.   މިރޭގެ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ އިޖުތިމާޢީ މަރުކަޒުގައި މިރޭ 8:30 ގައެވެ. މި ބައްދަލުވުމުގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވުމަކީ މީދޫ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.   މިރޭގެ މި ބައްދަލުވުން މީދޫ ޓައިމްސްއިން ފޭސްބުކް ލައިވް ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...