ޕެނަލްޓީގައި ޒެފްރޯސް އެފްސީގެ މައްޗަށް ކުރިހޯދާ ތަންގަނޑު އެފްސީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގައި ކުޅެވުނު ދެވަނަ ސެމީފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމް 2-2 އިން އެއްވަރުވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނަގާފައިވަނީ ތަންގަނޑު އެފްސީންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އާތިފް ޒާހިރެވެ. ތަންގަނޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ހުސައިންނެވެ. ޒެފްރޯސްއަށް ނަތީޖާ ހަމަހަމަ ކޮށްދިން ދެ ގޯލް ކާމިޔާބުކޮށްދިނީ ހުސައިން ޝާހީންއެވެ. ޕެނަލްޓީ ސޫޓުއައުޓް ތަންގަނޑު ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތަންގަނޑު އެފްސީގެ ގޯލްކީޕަރ އަހުނަފް އަޙުމަދެވެ.

ފައިނަލްގައި ތަންގަނޑު އެފްސީ ބައްދަލުކުރަން ޖެހޭނީ ހަވާސް އެސްސީއާއި ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތް އިންތިޒާމްކުރަނީ މީދޫ ކައުންސިލާއި މީދޫ ޖަމްޢިއްޔަތުއް ޞަލާހު ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.