ވަގަށް ކުރުނބާ އަޅަން އުޅުނު ތިން ބިދޭސީން މީދޫން ހައްޔަރުކޮށްފި
މީދޫގެ ވަލުތެރޭގައި ވަގަށް ކުރުނބާ އަޅަން އުޅުނު ތިން ބިދޭސީން މިދޫ ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފިއެވެ.   މި ތިން މީހުންވެސް ހައްޔަރުކޮށް ބެލިބެލުމުން މި ތިން މީހުންގެ އަތުގައިވެސް އެއްވެސް ލިޔެކިޔުމެއް ނެތްކަމަށާއި މި މީހުން މިއަދު ހަވީރު މާލެ ފޮނުވާލާ ގޮތަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތުލިބެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މި ތިން މީހުންނަކީވެސް ކައިރި ރިޒޯޓެއްގައި މަސައްކަތް ކުރާ ތިން މީހުންނެވެ.   ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހައްޓާ ފޮނުވާލުމަށް މީދޫ ޕޮލިސް ސްޓޭޝަނާއި މީދޫ ކައުންސިލް ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...