އައިއޯއައިޖީ: ފައިނަލަށް ރަފާ އަދި ދީމާ، ރަން މެޑަލް އަކާއި ރިހި މެޑަލްއެއް ކަށަވަރުކޮށްދީފި!
މިހާރު ކުރިއަށް އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް ވިމެންސް ސިންގަލްސްގެ ފައިނަލަށް ރާއްޖޭގެ ދީމާ އާއި ރަފާ ދަތުރުކޮށް ރާއްޖެއަށް އިތުރު ރަން މެޑައްޔަކާއި ރިހި މެޑައްޔެއް ކަށަވަރުކޮށްދީފިއެވެ.   
ޒުވާން މި ދެކުޅުންތެރިން ފައިނަލަށް ދަތުރުކޮށްފައިމިވަނީ މޮރީޓޝިއަސްގެ ދެ ކުޅުންތެރިން ބަލިކުރުމަށްފަހުއެވެ. ދެ ކުޅުންތެރިންގެވެސް މެޗުތައް ނިމިގެން ދިޔައީ 7 ސެޓު ކުޅުމަށްފަހުގައެވެ. 

މީގެ ކުރިން މި ދެ ކުޅުންތެރިންވެސް ވަނީ އައިއޯއައިޖީގައި 2 މެޑަލްއެއް ހޯދާފައެވެ. މި ކާމިޔާބީއާއިއެކު ރާއްޖެއިން މިފަހަރަށް ޓާގެޓުކުރި 15 މެޑަލްވެސް ވަނީ ޔަޤީން ކުރެވިފައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...