މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އަތޮޅުތެރޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތްކަމަށްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފް.އޭ.އެމްއިން ހުޅުވާލައިފިއެވެ.
  އެފް.އޭ.އެމްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވާ ބޭނުންވާ ރަށްތަކުން މިއަންނަ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަން ވާނެކަމަށެވެ.


މި މުބާރާތުގައި ބައިވެރިވެވޭނީ ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ޓީމުތަކަށެވެ. މިއަހަރުގެ މުބާރާތް ފެށުމަށް ފުޓުބޯޅަ އެސޯސިއޭޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. 

މި މުބާރާތް ހޯސްޓުކުރުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދޭ ފޯމާއިއެކު ޕްރޮޕޯސަލެއް އޮގަސްޓު މަހުގެ 22 ވަނަ ދުވަހުގެ ކުރިން އެފް.އޭ.އެމްއަށް ހުށައަޅަން ޖެހެއެވެ. 

މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ މެޗުތައް ކުޅުނީ މީދޫގައެވެ. މުބާރާތުގެ ރ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދީވެސް މީދޫ ސްޕޯޓްސް ކުލަބުންކަން ފާހަގަކޮށްލެވެއެވެ.   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...