6-0 ގެ ނަތީޖާއަކުން ގާގަނޑު އެފްސީގެ މައްޗަށް ކުރިހޯދާ ހަވާސް އެސްސީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ހަވާސް އެސްސީންނެވެ. މެޗުގައި ހަވާސްގެ އަބުދުލް މުހައިމިން ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ނާޖިހު މުޙައްމަދު، އަލީ އިހުސާން، ނާޖިހު ޖަމީލް ވަނީ ކޮންމެ ކުޅުން ތެރިއަކު ގޯލެއް ކާމިޔާބުކޮށްދީފައެވެ. ހަވާސްގެ 6 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ގޯލްކީޕަރ އިސްމާއިލް ފާތިހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަވާސްގެ ނާޖިހު މުޙައްމަދެވެ.

ހަވާސް އެސްސީ ސެމީއަށް އައީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނައިގެގޮތުގައެވެ. ހަވާސް އެސްސީ ފައިނަލްގައި ނިކުންނަން ޖެހޭނީ ތަންގަނޑު އެފްސީއާއި ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތް އިންތިޒާމްކުރަނީ މީދޫ ކައުންސިލާއި މީދޫ ޖަމްޢިއްޔަތުއް ޞަލާހު ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.