މަހީގެ 'އަގުހެޔޮވާނެ ރީތިވާނެ، ޢީދު ހަދިޔާ' މާދަމާ ޖަމުޢިއްޔަތުއް ޞަލާހުގެ ހޯލުގައި
ތަފާތު ބާވަތްތަކުގެ ކޮލިޓީ އަންނައުނާއި ފައިވާން ފަދަ ތަކެތި އަގުހެޔޮކޮށް ވިއްކުމުގައި ނަން މަޝްހޫރު މަހީ ފިހާރައިން ޢީދާއި ދިމާކޮށް ގެނައި ސާމާނު ވިއްކުން މާދަމާ މީދޫ ޖަމުޢިއްޔަތުއް ޞަލާހުގެ އިޖުތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.   މަހީގެ 'އަގުހެޔޮވާނެ، ރީތިވާނެ، ޢީދު ހަދިޔާ'ގެ ނަމުގައި މާދަމާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސޭލުގައި ގަމީސް، ހެދުން، ފޮތި، ބޫޓު ފަދަ ތަފާތު ކޮލިޓީ ތަކެތި ހެޔޮ އަގުގައި ވިއްކުމަށް ހަމަޖެހިފައިވެއެވެ.   މި ތަކެތި ވިއްކުން ޖަމުޢިއްޔަތުއް ޞަލާހުގެ ހޯލުގައި ކުރިއަށް ގެންދަން ނިންމީ މަހީ ފިހާރައިގެ ޖާގައިގެ ދަތިތަކަމުން ގިނަ ކަސްޓަމަރުންނަށް ފަސޭހަގޮތެއް ހަދައިދިނުމުގެ މަޤުސަދުގައިކަމަށް މަހީން މަޢުލޫމާތުދެއެވެ.   މަހީގެ މި ސޭލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ. ފާއިތުވެދިޔަ އަހަރުގެ އަޟްޙާ ޢީދާއި ދިމާކޮށްވެސް މަހީންވަނީ މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...