މީދޫ އިންޓަރ އޮފީސް ފުޓުސަލް މުބާރާތް މިއަދު ފަށަނީ!
  މީދޫގެ މުއައްސަސާތަކުގެ މެދުގައި  އަލަށް ބާއްވާ ފުޓުސަލް މުބާރާތް މިއަދު ހަވީރު ފަށާނެއެވެ.   މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު16:30ގައި  ބައްދަލު ކުރާނީ އަންހެން ޑިވިޝަންގެ ދެ ޓީމު ކަމަށް ވާ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމް އަދި މީދޫ ކައުންސިލްގެ ޓީމެވެ.   މީރޭ މުބާރާތުގެ ފިރިހެން ޑިވިޝަންގެ 2 މެޗު ކުޅޭނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޭ ޓީމު ބައްދަލުކުރާނީ މީދޫ ސިޢްހީ މަރުކަޒުގެ ޓީމާއިއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ  ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބީ ޓީމާއި މީދޫކައުންސިލްގެ ޓީމާއިއެވެ. މިރޭގެ ކުޅުން ފަށަން ހަމަޖެހިފައވަނީ 21:15ގައިއެވެ.   މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ 5 ޓީމު ބައިވެރިވެފައިވެއެވެ. އެއީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުން 2 ޓީމާއި މީދޫ ސިއްޙީ މަރުކަޒު، ފެނަކަ މީދޫ ބުރާންޗުގެ އިތުރުން މީދޫ ކައުންސިލާއި މީދޫ ޕޮލިސް އަދި މީދޫ މެޖިސްޓްރޭޓް ކޯޓު އެކުވެގެން ހަދާފައިވާ ޓީމެކެވެ.    އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ޖުމްލަ 3 ޓީމެވެ. އެއީ ރ. އަތޮޅު ތަޢުލީމީ މަރުކަޒާއި، މީދޫ ސިއްޙީ މަރުކަޒާއި، މީދޫ ޕްރީ ސްކޫލާއި މީދޫ  ކައުންސިލް، ފެނަކަ، މީދޫ އަންހެނުންގެ ކޮމިޓީ އަދި މީދޫ ޕޮލިސް އެކުވެގެން ހަދާފައިވާ ޓީމެކެވެ.    މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖައްސާފައިވާ މި މުބާރާތް މިއަހަރު އިންތިޒާމްކުރަނީ މީދޫ ކައުންސިލް އިދާރާއިންނެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...