ލިޓަސް މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ 21:30 ގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ހަވާސް އެސްސީ އަދި ގުރޫޕް ބީގެ ދެވަނަ ގާގަނޑު އެފްސީއެވެ. ހަވާސް އެސްސީއަކީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ސެމީގެ ދެވަނަ މެޗުގައި 22:30 ގައި ބައްދަލުކުރާނީ ގުރޫޕް ބީގެ އެއްވަނަ ތަންގަނޑު އެފްސީ އަދި ގުރޫޕް އޭގެ ދެވަނަ ޒެފްރޯސް އެފްސީއެވެ.

ދެ ގުރޫޕަކަށް ބަހާލެވިގެން ކުޅުނު މި މުބާރާތުގައި ޖުމްލަ 8 ޓީމަކުންވަނީ ބައިވެރިވެފައެވެ. ގުރޫޕް އޭގައި ހިމެނުނީ ހަވާސް ސްޕޯޓްސް ކުލަބު، ގޯޅިގަނޑު އެސް.ސީ، އެފްސީ ޔުނައިޓެޑް އަދި ޒެފްރޯސް އެފްސީއެވެ. ގުރޫޕް ބީގައި ހިމެނުނީ ލިންކޭޖު ބްރަދާސް، ތަންގަނޑު އެފްސީ، ގޮއްރާޅު އެސް.ސީ އަދި ގާގަނޑު އެފްސީއެވެ.

މިއަހަރުގެ މުބާރާތް އިންތިޒާމްކުރަނީ މީދޫ ކައުންސިލާއި މީދޫ ޖަމްޢިއްޔަތުއް ޞަލާހު ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.