މަޑުއްވަރީ އިންޓަރ އޮފީސް މުބާރާތް މިއަދު ފަށަނީ
ރ. މަޑުއްވަރީގެ މުއައްސަސާތަކުގެ މެދުގައި 2015 ވަނަ އަހަރުން ފެށިގެން މަޑުއްވަރީގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް މިއަދު ފަށާނެއެވެ.   އަންހެން ޑިވިޝަންއަކާއި ފިރިހެން ޑިވިޝަނެއް ހިމެނޭ މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރަނީ މަޑުއްވަރީ ކައުންސިލް، މަޑުއްވަރީ ސިއްޙީ މަރުކަޒު، މަޑުއްވަރީ ޕޮލިސްގެ އިތުރުން މަޑުއްވަރީ ސްކޫލްގެ ޓީމެކެވެ. އަދި މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރަނީ މަޑުއްވަރީ ސިއްޙީ މަރުކަޒު، މަޑުއްވަރީ ސްކޫލް އަދި މަޑުއްވަރީ ކައުންސިލްގެ ޓީމެކެވެ.   މި މުބާރާތުގެ މެޗުތައް މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާއިރު އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަޑުއްވަރީ ސިއްޙީ މަރުކަޒާއި މަޑުއްވަރީ ކައުންސިލެވެ. އަދި ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަޑުއްވަރީ ޕޮލިހާއި ސިއްޙީ މަރުކަޒުގެ ޓީމެވެ.   މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...