ރ. މީދޫ ރައްޔިތުންގެ ފަރާތުން ޣައްޒާ ފަންޑަށް 205،750 ރުފިޔާ ހަދިޔާކޮށްފިއެވެ.

ޢައްޒާ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން މީދޫގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ  ހުރިހާ މުއައްސަސާތަކާއި ކުލަބު ޖަމްޢިއްޔާތައް ގުޅިގެންނެވެ. މިގޮތުން މި ހަރަކާތުގައި ބައިވެރިވެފައިވާ މުއައްސަސާތަތައް އަދި ކުލަބު ޖަމްޢިއްޔާތަަކަކީ، އުއްމީދު، މީދޫ އެކުވެރި ކުލަބު، މީދޫ ޖަމްޢިއްޔަތުއް ޞަލާހު، މީދޫ ކައުންސިލް، ރ. އަތޮޅު ތަޢުލީމީ މަރުކަޒު، މީދޫ ސިއްޙީ މަރުކަޒު، މީދޫ ޕްރީ ސްކޫލް، މީދޫ ފެނަކަ ބުރާންޗުގެ އިތުރުން އަންހެނުން ކޮމިޓީއެވެ.

މި ހަރަކާތުގެ ތެރެއިން މީދޫގައި ބޮޑު ހިނގާލުމެއް ބޭއްވިއިރު، ފައިސާ ހޯދުމަށް ހެދިކާ ވިއްކުމުގެ އިވެންޓެއް ވަނީ ބާއްވާފައެވެ. އަދި މީދޫ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަވެސް ވަނީ މި ފަންޑަށް ހަދިޔާކޮށްފައެވެ.

މީދޫ ރައްޔިތުން ވަނީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި ބޮޑެތި އެހީތަކެއް ވެދީފައިކަން ފާހަގަކޮށްލެވެއެވެ.