މީދޫގެ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި ފުޓްސަލް މުބާރާތެއް ބާއްވަނީ.
މިނިވަން ދުވަހާއި ދިމާކޮށް މީދޫގެ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.   މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖައްސާފައިވާ މި މުބާރާތް މިއަހަރު އިންތިޒާމްކުރަނީ މީދޫ ކައުންސިލް އިދާރާއިންނެވެ. މި މުބާރަތަކީ އަންހެން ޑިވިޝަންއަކާއި ފިރިހެން ޑިވިޝަނެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ.   މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ 5 ޓީމު ބައިވެރިވެފައިވެއެވެ. އެއީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުން 2 ޓީމާއި މީދޫ ސިއްޙީ މަރުކަޒު، ފެނަކަ މީދޫ ބުރާންޗުގެ އިތުރުން މީދޫ ކައުންސިލާއި މީދޫ ޕޮލިސް އަދި މީދޫ މެޖިސްޓްރޭޓް ކޯޓު އެކުވެގެން ހަދާފައިވާ ޓީމެކެވެ.   އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ޖުމްލަ 3 ޓީމެވެ. އެއީ ރ. އަތޮޅު ތަޢުލީމީ މަރުކަޒާއި، މީދޫ ސިއްޙީ މަރުކަޒާއި، މީދޫ ކައުންސިލް، ފެނަކަ، މީދޫ އަންހެނުންގެ ކޮމިޓީ އަދި މީދޫ ޕޮލިސް އެކުވެގެން ހަދާފައިވާ ޓީމެކެވެ.     މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުއެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު ފިރިހެން ޑިވިޝަންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑުއެވެ.   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...