މީދޫ ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރގެ މަޤާމަށް އަޙްމަދު ނަސީމް!
ރ. މީދޫ ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތް ސާވިސްގެ މަޤާމަށް ރ. މީދޫ ދޭލިޔާގެ، އަޙްމަދު ނަސީމް ހަމަޖައްސަވައިފިއެވެ.   މީދޫ ކައުންސިލްގެ ފުރަތަމަ ދައުރުގައި ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ އަޙްމަދު ނަސީމް މި މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވާފައިވާކަން މިއަދު އަޙްމަދު ނަސީމަށްވަނީ އަންގަވާފައެވެ. މި މަޤާމަށް ނަސީމް އައްޔަން ކުރައްވާފައިވަނީ ރައީސުލް ޖުމުހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަޤާމުތަކަށް މީހުން އައްޔަންކުރެއްވުމަށް ލިބިލައްވާފައިވާ ބާރުގެ ދަށުންނެވެ.   މަޤާމާއި ހަވާލުވެލެއްވުމަށްފަހު 'އެމް.ޓީ' އާއި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ، އެންމެ އިސްކަމެއް ދޭނީ މީދޫ ސިއްޙީ މަރުކަޒަކީ އާއްމުންނަށް ރަނގަޅު ޙިދުމަތެއް ދެވޭ ރައްޔިތުން ބަލައިގަން ތަނަކަށް ހެދުމަށްކަމަށެވެ.
އަޙްމަދު ނަސީމްވަނީ މީގެ ކުރިން މީދޫގެ ކަތީބުކަމާއި އަތޮޅުވެރިޔާގެ އެހީތެރިޔާކަންވެސް އަދާކުރައްވާފައެވެ.
  މިދިޔަ ދައުރުގައި ކުރީގެ ރައީސް ޔާމިންވެސް ވަނީ މީދޫ ސިއްޙީ މަރުކަޒަށް ސީނިއަރ އެޑްމިނިސްޓްޓަރއެއް ހަމަޖައްސަވާފައެވެ. 
ކިޔުންތެރިންގެ ހިޔާލް

2019-07-24 12:07:11
Hameed
Congratulation naseem. Ummeedh kuranee rangalhu sihhee nizameh meedhooge rayyathunnah qaaim vegen dhaanekamah.
އެންމެ މަގުބޫލު: 7 ދުވަސް

...