ހަނާއަށް އެހީވުމަށް ކުރިއަށްގެންދިޔަ އިވެންޓުން 20،608 ރުފިޔާ!
ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ އުމުރުން އެންމެ 2 މަހުގެ ހަނާއަށް އެހީވުމަށް މިއަދު މީދޫގައި ކުރިއަށް ގެންދެވުނު އިވެންޓުން 20،608 ރުފިޔާ ލިބިއްޖެއެވެ. 
މިއަދު މެންދުރުން ފެށިގެން މީދޫގައި ކުރިއަށް ގެންދެވުނު ޑޯޓުޑޯ އިވެންޓުން ލިބުނު ފައިސާ މިހާރުވަނީ ހަނާގެ އާއިލާއަށް ހަވާލު ކޮށްފައެވެ. ހަނާއަކީ ހިތް އޮންނަން ޖެހޭ ފަޅި ނޫން އަނެއް ފަޅީގައި ހިތް އޮތުމުގެ ސަބަބުން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކުއްޖެކެވެ. ހަނާގެ އޮޕަރޭޝަން ކުރުމަށް އެ އާއިލާއިން ވަރަށް އަވަހަށް ބޭރަށް ފުރުމަށްވަނީ ހަމަޖެހިފައެވެ. 
މީގެ ކުރިންވެސް މީދޫގައި ޖެއްސުނު ފަންޑްރައިޒިންގ އިވެންޓުތަކުންވަނީ އެކި ފަރާތްތަކަށް އެހީތެރިވުމަށް ފައިސާ ހޯދާފައެވެ.         
ކިޔުންތެރިންގެ ހިޔާލް

2019-07-25 17:07:39
Mifadha kan kamuga meedhoo rayyithunnakee namoonaa bayeh . جزاك الله خير
އެންމެ މަގުބޫލު: 7 ދުވަސް

...