ރ. މީދޫގައި ބަހައްޓާ ދެ ވޯޓު ފޮށިވެސް މިފަހަރު ހުންނާނީ ސްކޫލުގައި
އަންނަ އާދިއްތަދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައިވެސް މީދޫގައި 2 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާކަމަށާއި އެހެން ނަމަވެސް ކުރީ އަހަރުތަކާއި ޚިލާފަށް މިފަހަރު ބަހައްޓާ 2 ވޯޓު ފޮށިވެސް ހުންނާނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައިކަމަށް ރ. މީދޫ ކައުންސިލުން ހާމަކަުރައްވައިފިއެވެ.   އެކައުންސިލުން އިއްޔެ ނެރުން އިއުލާނެއްގައި ވާގޮތުން ވޯޓުލާ މަރުކަޒު 1 އެއީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލު އިމާރާތެވެ. އަދި މި އިމާރާތުގައި ހުންނަ ފޮއްޓަށް ވޯޓުލާނީ ރ. މީދޫ އަމީނީމަގުގެ ދެކުނު ފަރާތުގެ ގެތަކުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެވެ. އަދި ރ. މީދޫގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ އެހެންރަށްރަށުގެ މީހުންވެސް ވޯޓުލުމަށް ހަމަޖެހިފައިވަނީ މިފޮށްޓަށެވެ.
ވޯޓުލާ މަރުކަޒު 2 އެއީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރ ރިސޯސް ސެންޓަރުކަމަށްވާއިރު މިފޮށްޓަށް ވޯޓުލާނީ ރ. މީދޫ އަމީނީމަގުގެ އުތުރުފަރާތުގެ ގެތަކުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެވެ. 

މީގެކުރީގެ އިންތިޚާބުތަކުގައިވެސް މީދޫގައި 2 ވޯޓު ފޮށި ބަހައްޓާފައިވާއިރު 1 ފޮށި ބަހައްޓާފައިވަނީ މީދޫ އަންހެނުންގެ އިޖްތިމާޢީ މަރުކަޒުގައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...