ހަނާގެ ހިތުގެ އޮޕަރޭޝަނަށް ފައިސާ ހޯދުމަށް ދަމާ މީދޫގައި ޑޯޓުޑޯ އިވެންޓެއް ބާއްވަނީ
ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ 2 މަހުގެ ހަނާއަށް އެހީވުމަށް މާދަމާ މީދޫގައި ޑޯޓުޑޯ ފަންޑްރައިޒިންގ އިވެންޓެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.   ޅ. ނައިފަރު ހާލި، އުމުރުން އެންމެ 2 މަހުގެ ހަނާ ޙުސެއިންއަކީ ހިތް އޮންނަންވާ ފަޅި ނޫން އަނެއް ފަޅީގެ އޮތުމުގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކުއްޖެކެވެ. ހަނާއަކީ ދުވާފަރުގެ ޢާއިލާއަކަށްވެސް ނިސްބަތްވާ ކުއްޖެއްކަން ފާހަގަކޮށްލެވެއެވެ.   އެގޮތުން މާދަމާ މީދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފަންޑުރައިޒިން އިވެންޓަކީ ދުވާފަރު އާއިލާގެ އެދިލެއްވުމަކަށް އެ އާއިލާއިންވެސް ބައިވެރިވެގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ. މި ޑޯޓުޑޯ ފަންޑުރައިޒިންގ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2:00 އިން ފެށިގެންނެވެ.   މި ނިކަމެތި ޙާލުޖެހިފައިވާ އާއިލާއަށް ހަނާގެ ބޮޑު އޮޕަރޭޝަން ކުރެވެން އޮތީ ހުރިހާ ބޭފުޅުންގެވެސް ދީލަތި އެހީ ލިބިގެންކަމުން އެ އާއިލާއަށް އެހީތެރިވުމަށް ހަނާގެ އާއިލާއިން ވަރަށް ބޮޑަށް އެދިލައްވައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...