މީދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން ޖުލައި 29 ގައި!
މީދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރަން ނިންމައިފިއެވެ. މިބައްދަލުވުން އޮންނާނީ 29 ޖުލައި 2019ވާ ހޯމަ ދުވަހުގެ ރޭ 20:45ގައި މީދޫ އަންހެނުންގެ އިޖްތިމާޢީ މަރުކަޒުގައިއެވެ.   މިބައްދަލުވުމަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2010/7ގެ 110 ވަނަ މާއްދާގައި ބުނާ ސިޓީ ކައުންސިލްތަކާއި ރަށުކައުންސިލްތަކުން ކޮންމެ އަހަރަކު ފެބްރުއަރީ އަދި ޖުލައި މަހު ރައްޔިތުންނާއި އާންމުކޮށް ހުޅުވާލައިގެން ބާއްވަން ބަޔާން ކޮއްފައިވާ ބައްދަލުވުމުކެވެ. މިބައްދަލުވުމުގައި ކުރިޔަށް އޮތް އަހަރު ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށައަޅައި ޙިޔާލު  ހޯދުން އޮންނާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.   ކައުންސިލް ގެ ފާރާތުން ބާއްވާ މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރި ވުމަކީ މީދޫ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...