އައިއޯއައިޖީ: އަންހެން ޓީޓީ ޓީމް ފައިނަލަށް!
މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓޭބަލް ޓެނިހުގެ ޓީމު އިވެންޓްގެ ފައިނަލަށް ރާއްޖެ ދަތުރު ކޮށްފިއެވެ.
ޒުވާން ދެ ކުޅުންތެރިންގެ ހުނަރާއިއެކު ޓީޓީ ޓީމް ފައިނަލްގެ ޖާގަ ހޯދީ މަޑަގަސްކަރު ބަލިކޮށްގެންނެވެ. އޭގެ ކުރިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި ދިވެހި ޓީމުންވަނީ މޮރިޝަސް އަދި މެޔޯޓާގެ މައްޗަށްވެސް ކުރިހޯދާފައެވެ. 
ސެމީ ފައިނަލްގެ މެޗު ބައްލަވާލެއްވެމަށް ރައީސުލް ޖުމުހޫރިއްޔާގެ ދެ ކަނބަލުންނާއި ޔޫތް މިނިސްޓަރުވެސް ބައިވެރިވަޑައިގެންނެވިއިރު މެޗަށްފަހު ރައީސްވަނީ ޓީމަށް މަރުހަބާ ދަންނަވާފައެވެ. ފޮޓޯ: ނިޝާން އަލީ/އެމް.އޯ.ސީ
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...