ޔާމީންގެ ޝަރީޢަތަކީ މުޅި ގައުމުގެ މަސްލަހަތާއި ގުޅިފައިވާކަމެއް: މެމްބަރު އާދަމް ޝަރީފް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތަކީ މުޅި ގައުމުގެ މަސްލަހަތާއި ގުޅިފައިވާކަމެއްކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.   ޔާމީންގެ މައްޗަށް އުފާލާފައިވާ މަނީލޯންޑަރިންގ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތަޢާވަލުކޮށްފައިވަނިކޮށް އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތް އޮޕޮޒިޝަނުން ގާތުން ބަލަމުންދާނެކަމަށާއި މިއީ މުޅި ޤައުމުގެ މަސްލަތާއި ގުޅިފައިވާކަމެއް ކަމަށެވެ.   ޓުވީޓުގައި އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ ޤައުމުގެ ގިނަ ކަންކަމަށް ރައީސް ޔާމީން އިންޤިލާބީ ބަދަލުތަކެއް ގެންނެވިކަން ގިނަ ބަޔަކު ޤަބޫލް ކުރާކަމަށެވެ.   މިއަދު މެންދުރުފަހު 12:45 ގައި ކުރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލިސް ޓީވީން ވަގުތުން ދެއްކުމަށްވެސްވަނީ ނިންމާފައެވެ. މިއީ ޓީވީން ޝަރީޢަތުގެ އަޑުއެހުމެއް ލައިވް ކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...