ގުރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ހަވާސް އެސްސީ ސެމީ ފައިނަލަށް ދަތުރުކުރިއިރު، ސެމީއަށް ދިޔުމަށް ގޮށްރާޅަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
ރޭގެ ފުރަތަމަ މެޗުގައި ހަވާސް އެސްސީއާއި އެފްސީ ޔުނައިޓެޑް ބައްދަލުކުރިމެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައިވަނީ ހަވާސް އެސްސީއެވެ. މިމެޗުގައި އެފްސީ ޔުނައިޓެޑަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ހަވާސް އެސްސީންވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ. ހަވާސްގެ ނާޖިހު މުޙައްމަދު އަދި ނާޖިހު ޖަމީލު ވަނީ ކޮންމެ ކުޅުންތެރިޔަކު 2 ލަނޑު ކާމިޔާބުކޮށްފައެވެ. ހަވާސްއަށް ދެން ކާމިޔާބުކޮށްދިން ލަނޑު ޖަހާފައިވަނީ މުޙައްމަދު އާސިފެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަވާސްގެ ނާޖިހު މުޙައްމަދެވެ. މިމެޗާއިއެކު އެފްސީ ޔުނައިޓަށްވަނީ މި މުބާރާތް ނިމިފައެވެ. ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫޕުގެ އެއްވަނައިގައި އޮވެ ހަވާސް އެސްސީ ސެމީއަށް ދަތުރުކޮށްފައިވާއިރު، މި ގުރޫޕުން ދެން ސެމީއަށް ދާނެ ޓީމެއް ކަށަވަރުވާނީ މިރޭ މި ގުރޫޕްގެ ފަހު މެޗުގައި ގޯޅިގަނޑު އެސްސީ އަދި ޒެފްރޯސް އެސްސީ ބައްދަލުކުރާ މެޗަށްފަހުއެވެ. މިދެޓީމަށްވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލްގެ ތަފާތުން ދެވަނައިގައި އޮތީ ގޯޅިގަނޑު އެސްސީއެވެ. މިދެޓީމް ބައްދަލުކުރާމެޗު ފަށާނީ މިރޭ 21:30 ގައެވެ.
ރޭގެ ދެވަނަ މެޗު ގޮށްރާޅު އެފްސީން ކާމިޔާބުކުރީ ލިންކޭޖު ބްރަދާސްގެ މައްޗަށް 9 – 1 ގެ ނަތީޖާއަކުން ކުރި ހޯދުމަށްފަހުއެވެ. މެޗުގައި ގޮށްރާޅުގެ އަޙުމަދު ސާޖިދުވަނީ 4 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ރުޝްދާން އަބުދުއް ޝަކޫރު 3 ލަނޑު ކާމިޔާބުކޮށްދިންއިރު، ރިޝްވާން އަހުމަދު އަދި މުޙައްމަދު މަމްދޫހުވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ލިންކޭޖް ބްރަދާސްއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަޙުމަދު ހިލްމީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގޮށްރާޅުގެ އަޙުމަދު ސާޖިދެވެ. މި މެޗާއިއެކު ލިންކޭޖު ބްރަދާސް ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ މުބާރާތްނިމުނު އިރު ގުރޫޕް ބީ އިން ސެމީއަށްދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ މިރޭ ތަންގަނޑު އެފްސީ އަދި ގާގަނޑު އެފްސީ ބައްދަލަކުރާ މެޗައްފަހުއެވެ. ތަންގަނޑު އެފްސީ ސެމީއަށް ދަތުރުކޮށްފައިވީނަމަވެސް، ގާގަނޑު އެފްސީއަށް ގުރޫޕްގެ އެއްވަނައިގައި ސެމީއަށްދިޔުމުގެ އަމިއްލަބާރު އަދި ނުގެއްލެއެވެ. ގޮށްރާޅު އަދި ގާގަނޑު އެފްސީ، ކޮށްމެ ޓީމަކަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. މިރޭގެ މުޗުގެ ނަތީޖާއިން ގޮށްރާޅު ސެމީއަށް ދިޔުމުގެ ފުރުސަތުއެބައޮތެވެ. ތަންގަނޑު އެފްސީ އަދު ގާގަނޑު ބައްދަލުކުރާ މެޗު މިރޭ ފެށުމަށް ހަމަޖެހިފައިވަނީ 22:30 ގައެވެ.
މިއަހަރުގެ މުބާރާތް އިންތިޒާމްކުރަނީ މީދޫ ކައުންސިލާއި މީދޫ ޖަމްޢިއްޔަތުއް ޞަލާހު ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.