ދިވެހި ޙައްޖު މިޝަންގެ އޮފީހެއް މައްކާގައި ޤާއިމްކޮށްފި
ދިވެހި ޙައްޖު މިޝަންގެ އޮފީހެއް މައްކާގައި ޤާއިމްކޮށްފިއެވެ.   ޙައްޖު މިޝަންގެ އޮފީހެއް މައްކާގައި ޤާއިމްކޮށް ރަސްމީކޮށް މަސައްކަތް ފަށާފައިވަނީ ދިވެހި ޙާޖީންގެ ކަންކަން ގާތުން ބަލައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީ މޮނިޓަރ ކުރުމަށްޓަކައިކަމަށް ދިވެހި ޙައްޖު މިޝަންއިން ބުނެފައިވެއެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ޤުރޫޕް މާދަމާ ފުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.   ޙައްޖުވެރިން މާދަމާ ފުރުމަށް ހަމަޖެހިފައިވާއިރު ޙައްޖުވެރިން އެއާޕޯޓަށް ގެންދިޔުމަށްވެސް ހާއްސަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ. އެގޮތުން ފެރީތަކާއި ބަސްތަކުގައި ހިލޭ ދަތުރުކުރެވޭ ގޮތް މިފަހަރުވަނީ ހަމަޖައްސާފައެވެ. ޙައްޖުވެރިން ދަތުރުކުރާ މަތިންދާބޯޓުތައް ފުރާގަޑީގެ ހަތަރު ގަޑިއިރުކުރިން އެއާޕޯޓަށް ދިއުމަށް ޓާމިނަލްއަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން އެދިލައްވައެވެ.   މާދަމާއިން ފެށިގެން އޮގަސްޓު 5 ވަނަ ދުވަހާއިހަމައަށް އެކި ދުވަސްތަކުގެ މަތިން ދިވެހި ޙައްޖުވެރިން ޙައްޖަށް ފުރާގޮތަށްވަނީ ހަމަޖެހިފައެވެ.
ފޮޓޯ: ސަން އޮންލައިން
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...