މަޑުއްވަރީ ކައުންސިލްގެ މާލިއްޔާތުގައި 1،719،138.22 ރުފިޔާ!
ރ. މަޑުއްވަރީ ކައުންސިލްގެ މާލިއްޔާތުގައި މިއަހަރުގެ ފުރަތަމަ ހަމަސް ނިމުނުއިރު 1،719،138.22 ރުފިޔާ ހުރިކަމަށް މަޑުއްވަރީ ކައުންސިލުން ހާމަކޮށްފިއެވެ.   މިކަން ހާމަކޮށްފައިވަނީ ރޭ މަޑުއްވަރީ ކައުންސިލުން ބޭއްވި އާއްމު ރައްޔިތުންގެ ބައްދަލުވުމުގައެވެ. ބައްދަލުވުމަށްފަހު ކައުންސިލްގެ މާލީ ބަޔާން މަޑުއްވަރީ ކައުންސިލްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް އާއްމުކޮށްފައިވެއެވެ.   މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި މަޑުއްވަރީ ކައުންސިލަށް 188،223.63 ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން މަޑުއްވަރީ ކައުންސިލްގެ އެކައުންޓަށް 27،672.50 ރުފިޔާ ޖަމާވެފައިވާކަމަށް މާލީ ބަޔާނުން ދައްކައެވެ. މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު މަޑުއްވަރީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 215،896.13 ރުފިޔާއެވެ.   މިއަހަރުގެ މިހާތަނަށް މަޑުއްވަރީ ކައުންސިލްގެ އާމްދަނީން 307،830.70 ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ދައްކާއިރު އެންމެ ބޮޑު ޙަރަދެއްކޮށްފައިވަނީ އިރުވެލި މާލަމް ތަރައްޤީކުރުމަށެވެ. އެ މާލަމް ތަރައްޤީ ކުރުމަށް ހޯދުނު ތަކެއްޗަށާއި ކޮންޓްރެކްޓަރގެ ޙަރަދުގެ ގޮތުގައި 191،147.50 ރުފިޔާ ޙަރަދުކޮށްފައިވެއެވެ.   މީގެ އިތުރުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެހީގެ ގޮތުގައި މަޑުއްވަރީ ކައުންސިލުންވަނީ ތިން ފަރާތަކަށް ޖުމްލަ 32،500 ރުފިޔާ ދީފައެވެ. އެންމެ ބޮޑު އެހީއެއް ވެދީފައިވަނީ މަޑުއްވަރީ ސްކޫލްގެ ވޮލީ މުބާރަތަށާއި އެތުލެޓިކްސް މުބާރާތުގައި މަޑުއްވަރީ ސްކޫލް ބައިވެރިވުމަށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...