މަޑުއްވަރީ ސިއްޙީ މަރުކަޒުގެ އާ އިމާރާތް ޑިޒައިންކުރަން ބަޔަކާ ހަވާލުކޮށްފި
ރ. މަޑުއްވަރީ ސިއްޙީ މަރުކަޒުގެ އާ އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިއު ހެދުމަށް ހެލްތް މިނިސްޓްރީން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.   ހެލްތް މިނިސްޓްރީންކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އާ އިމާރާތުގެ ކުރެހުންތަކާއި ބީ.އޯ.ކިއު، ޓެކްނިކަލް ސްޕެސިފިކޭޝަންސް އަދި ޓެންޑަރ ޑޮކިއުމެންޓު ތައްޔާރުކުރުމަށް ހަވާލުކޮށްފައިވަނީ އާކެންގް ސްޓޫޑިޔޯ ޕްރައިވެޓް ލިމިޓެޑާއިކަމަށެވެ.   މި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިޢުލާންކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ. އިޢުލާން ކުރިތާ 4 މަސްވާން ގާތްވެފައިވާއިރު މަސައްކަތް ކުރިއަށް ނުދާތީ ހެލްތް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްވަނީ އިއްޔެ މަޖިލީހަށް މައްސަލައެއްވެސް ވައްދާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...